Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

މަގުމަތި ހަލަބޮލި ނުކޮށް އަޅުކަމާއިގެން އުޅޭ

ސިޔާސީ ކޯޅުންތަކުގައި މަގުތަކަށް ނުކުމެ މަގުމަތި ހަލަބޮލިކުރުމަށް ވުރެ ހައްޖު މަހުގެ އަޅުކަންތަކުގައި އުޅުން މާ ރަނގަޅު ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެެ.

އިދިކޮޅު ފަރާޔްތަކުން މާލޭގައި ބާއްވަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގުމަތި ހަލަބޮލި ކުރުމަށް ވުރެ މިހާރު ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމާއިގެން މަޝްޣޫލުވުން މާ ހެޔޮކަން ބޮޑުވެގެންވާ ކަމަށެވެ.

"މުޒާހަރާ ފަހުން ވެސް ކުރެވިދާނެ. ނަމަވެސް ހެޔޮކަމުގެ މޫސުމެއް މަގުމަތި ހަލަބޮލި ކުރުމުގައި ފާއިތުކުރީމާ އެއީ އަމިއްލަ ނަފުސަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް،" ޒައިދު ވިދާޅުވި އެވެ. "ބުއްދިވެރިން ގެއްލުން ނުކުރާނެ."

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ ތެރޭގައި މުސްލިމުންނާ ކުރިމަތިވާ އެންމެ ލޮބުވެތިވެގެންވާ 10 ދުވަހެވެ. އެކަމާ ގުޅިވައި ޝެއިހު ވިދާޅުވީ ޒުލްހިއްޖާ މަހުގެ 10 ދުވަހަކީ މާތްކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ.

"ބޭނުން ކަމެއް ކުރެއްވުން ހަމަ އެންމެ ރަނގަޅު. ހެޔޮކަމުގެ ނަމަ. ޤުރްއާން، ރޯދަ، ހެޔޮފޯރުވުން، އެކިއެކި ޛިކުރު، ހަމަ އެ މީހަކަށް ކުރެވުނު ވަރަކަށް ކުރައްވަންވީ! ހަމަ ހުސް ސަވާބާއި ދަރުމަ." ޒައިދު ވިދާޅުވި އެވެ.

މާލޭގައި އިދިކޮޅު ފަފާތްތަކުން ބާއްވަމުންދާ މުޒާހަރާތަކާ ގުޅިގެން މި ފަހަކަށް އައިސް ދަނީ މުޒާހަރާގެ ބައިވެރިންނާއި ފުލުހުހުންނާ ދެމެދު އެކި ކަހަލަ ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ވެސް ހިނގަމުންނެވެ.