އިންޑިއާގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ އިންޑިގޯ އިން އަލަށް 500 މަތިންދާބޯޓް ގަންނަން އޯޑަރުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިންޑިއާގެ އޭވިއޭޝަން ތާރީހުގައި ވެސް އެއާލައިނަކުން އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ ބޯޓް ގަންނަން ހެދި ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ފްރާންސްގައި މިހާރު ކުރިއަށްދާ "ޕެރިސް އެއާ ޝޯ" ގެ ތެރޭގައި އިއްޔެ އެވެ. އިންޑިގޯ އިން އޯޑަރުކުރީ އެއާބަސްގެ އޭ320 މަރުކާގެ 500 ބޯޓަށެވެ. މި އެއްބަސްވުމުގެ އަގު 55 ބިލިއަން ޑޮލަރަށް އަރަ އެވެ.
Today we have set another truly momentous and very exciting step in the journey of IndiGo as we placed a firm order for 500 Airbus of the A320 Family. This is the largest-ever single aircraft purchase by any airline with @Airbus. #goIndiGo pic.twitter.com/8ix3TSivIT
— IndiGo (@IndiGo6E) June 19, 2023
މި ބޯޓްތައް އެއާބަސް އިން އިންޑިއޯ އަށް ފޯރުކޮށް ދޭނީ 2030-2035 އާ ދެމެދުގަ އެވެ. އެ އެއާލައިނުން ބުނި ގޮތުގައި މިކަމުގެ ސަބަބުން އޮޕަރޭޝަންތައް މިހާރަށް ވުރެ ބޮޑަށް ފުޅާވެ، ހަރުދަނާވެ އެއާލައިން ހިންގުމަށް ކުރާ ހޭދަ އާއި ތެލަށް ކުރާ ހޭދަ ވެސް ބޮޑުތަނުން ކުޑަވާނެ އެވެ.
ބަޖެޓް އެއާލައިނެއްގެ ގޮތުގައި މަޝްހޫރު އިންޑިގޯ އަކީ މީގެ 16 އަހަރު ކުރިން 2006 ގައި ވުޖޫދަށް އައި އެއާލައިނެކެވެ. އޭގެ ފްލީޓްގައި މިހާރު 308 ބޯޓް އޮންނަ އިރު 101 މަންޒިޒަލަށް ދަތުރު ކުރެ އެވެ. އޭގެ ތެރޭގައި 75 ޑޮމެސްޓިކް މަންޒިލާއި 26 އިންޓަނޭޝަނަލް މަންޒިލް ހިމެނެ އެވެ.
އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.