Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ފަލަސްތީނުގެ ޒުވާނަކު އުމުރަށް ޖަލަށް

އިޒްރޭލުގެ ސިފައިންގެ ބަޔަކު މަރާލި މައްސަލައެއްގައި ޕަލަސްތީނުގެ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ޕަލަސްތީމުގެ މުސްލިމުންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ޔަހޫދީ ދައުލަތުގެ އަސްކަރީ ކޯޓަކުން އިއްޔެ 50 އަހަރުގެ ޖަލު ހުކުމެއް އިއްވީ އަލާ ގަބްހާ މީހަކަށެވެ. އޭނަގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ މާޗް 16، 2018 ބާރު ސްޕީޑްގައި ދުއްވި ކާރަކުން ހުޅަނގި އައްސޭރީގައި އިޒްރޭލުގެ ފުލުހުންތަކެއް ގައިގައި ޖައްސައި، ސިފަސިންގެ ދެ މީހަކު މަރާލައި އިތުރު ދެ ސިފައިންގެ މީހަކު ޒަހަމްކުރި މައްސަލައިގަ އެވެ.

މިކަމާ ގުޅިބގެން އަލާގވެ މައްޗަށް ދައުވާކޮށް ހުކުމް އިއްވި އިރު އޭނަ ވަނީ އިޒްރޭލުގެ ސިފައިންތަކެއް މަރާލި ކަމަށް އިއުތިރާފުވެ، އެކަމާ ފަހުރުވެރިވާ ކަމަށް ވެސް ކޯޓްގައި ބުނެފަ އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމްގެ އިތުރުން މަރުވި ދެ ސިފައިންނާއި ޒަހަމްވި ދެ ސިފައިންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 830،00 ޑޮލަރު ދައްކަން ވެސް އަލާގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

އިޒްރޭލަކީ ކޮންމެ ދުވަހަކު ވެސް ޕަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާއެއް ހިންގައި އެތައް ބައެއްގެ ފުރާނަ ދުއްވައިުލަމުން އަންނަ ބައެކެވެ.