ޑައިރެކްޓަރު ކަރަން ޖޯހަރް އަންނަ މަހު ގެނެސްދޭން ތައްޔާރުވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކުލަގަދަ ޓީޒާ މިއަދު ދައްކާލައިފި އެވެ.
ކަރަންގެ ފިލްމުތަކުން އާންމުކޮށް ފެންނަ "ގްރޭންޑްކަން" މި ފިލްމުން އުޅެނީ އަދި މާ މަތީގަ އެވެ. އެހެންވެ ބޮޑު ސްކްރީނުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ތަޖުރިބާކޮށްލުން ވަރަށް ވެސް ހާއްސަ ކަމަކަށެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑުން ފެންނާނެ ރޮމޭންޓިކް ކޮމެޑީއެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖަޔާ ބައްޗަން، ދަރުމެންދުރާ އަދު ޝަބާނާ އާޒްމީގެ އިތުރުނުން ވެސް ސަޕޯޓިން ރޯލުތަކުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.
އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ގެންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ މަގުބޫލުތައް ފިލްމުތައް ގެނެސްދިން ކަރަންގެ 7 ވަނަ ޑައިރެކްޝަނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.