ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގެ ޕްރައިވެޓް މެސެޖިން ފީޗާގެ ޕްރޮމޯޝަން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާއާ އެކީ ކުރިއަށް ގެންދަން ފަށައިފި އެވެ.
މިކަން ވަޓްސްއެޕާއި އަނުޝްކާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.
މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ އަންހެނުން ބައިވެރިކޮށްގެން ވަޓްސްއެޕްގެ ޕްރައިވެޓް މެސެޖިން ފީޗާއާ ގުޅޭ ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އޭގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އުފައްދާ ގޮތަށެވެ. އެގޮތުން ޕްރައިވެޓް މެސެޖިން މެދުވެރިކޮށް އަންހެނުން ކުރާ މުއާމަލާތްތަކުގެ ރައްކާތެރިކަން އެ މީހުންނަށް ކަށަވަރުކޮށްދީ، އޭގެ ސަބަބުން ވަޓްސްއެޕަށް އޮންނަ އިތުބާރާއި ޔަގީންކަން ވެސް އިތުރުކޮށް ދޭން އަނުޝްކާ ކެމްޕޭންގައި މަސައްކަތް ކުރާނެ އެވެ.
ވަރަށް ގިނަ ބަޔަކު މިހާރު އޮންލައިންކޮށް މުއާމަލާތް ކުރަން ބޭނުންކުރާ ވަޓްސްއެޕަކީ 2009 ގައި އުފަންވި އެއްޗެކެވެ. ފޭސްބުކުން އޭތި ގަތީ 2014 ގަ އެވެ.