Last Updated: May 25, 09:04
Sunday, May 25, 2025
ޚަބަރު

ގައްދޫ އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް މަސައްކަތް ފަށައިފި

ގައްދޫ އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: މިފްކޯ

ގ.ދ ގައްދޫ އައު އައިސް ޕްލާންޓުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން، މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ގައްދޫގައި ޤާއިމް ކުރަނީ މިހާރު އެރަށުގައި ހުރި 25 ޓަނުގެ އައިސް އުފެއްދޭ ޕްލޭންޓުގެ ބަދަލުގައި ސަރުކާރުން އަޅާ އައިސްޕްލާންޓެކެވެ. އެގޮތުން މިއީ 50 ޓަނުގެ އައިސް އުފެއްދޭ އަދި 100 މެޓްރިކް ޓަނުގެ މަސް ފިކޮށް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖަކާއި އެކު ޤާއިމް ކުރާ ޕްލާންޓެކެވެ. މިފްކޯއިން މިއަދު ކުރި ޓްވީޓެއްގައި މިތަނުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާރު ފައުންޑޭޝަން މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.


ގައްދޫ އައިސް ޕްލާންޓަކީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމް ކުރަން ނިންމާފައިވާ 12 އައިސްޕްލާންޓުގެ ތެރެއިން އެއް ޕްލާންޓެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 12 އައިސްޕްލާންޓެއްގެ މަސައްކަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މި 12 އައިސްޕްލާންޓްގެ ތެރެއިން މ. މުލައް އައިސްޕްލާންޓާއި، ގއ. ގެމަނަފުށި ގދ. ގައްދޫ އައިސްޕްލާންޓަކީ 50 ޓަނުގެ އައިސްޕްލާންޓްތަކެކެވެ. އަދި ދެން ބާކީހުރި ހުރި އައިސްޕްލާންޓްތަކަކީވެސް 25 ޓަނުގެ އައިސްޕްލާންޓްތަކެއްކަމަށެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިންނަށް އައިސް ނުލިބުމަކީ މި ސިނާޢަތުގައި އަބަދުވެސް އޮންނަ ޝަކުވާއެކެވެ. މިޝަކުވާތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.