Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގްރާމް ނިންމާލައިފި

ކޯޑިންގް ޕްރޮގްރާމް ނިންމާލުމުގެ ތެރެިއން / ފޮޓޯ: ބީއެމްއެލް

އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސްއިން އިން ފޯލޫޕް ކޯޑިންގް އެކަޑަމީއާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޯޑިންގް އެންޑް އިންޖިނިއަރިންގް ކޯސް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމެއް ކަމަށް ބޭންކުން ބުނެއެވެ. މި ޕްރޮގްރާމުގައި އުމުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ އަންހެން ކުދިން ވަނީ ބައިވެރިވެފައެވެ.


ފޯލޫޕް ކޯޑިންގ އެކަޑަމީ އިން ހިންގި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ވަނީ ކުދިންނަށް ދަސްކޮށްދީފައެވެ.

މިޕްރޮގްރާމު ނިންމުމުގެ ރަސްމީއްޔާތުގައި ބައިވެރިވި ކުދިންނަށް ހަނދާނީ ލިއުން ވަނީ ދީފައެވެ. ބީއެމްއެލް އަދި ފޯލޫޕް އެކަޑަމީން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ޖުމްލަ 24 އަންހެން ދަރިވަރެއް ވަނީ ފުރިހަމަކޮށްފައެވެ.