Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މާ ބަރުކޮށް ދަތުރުކުރި ބޯޓެއް ހުއްޓުވައިފި

މާލެއިން ފުރައިގެން އައްޑު އަށް ދަތުރުކުރި ބޯޓެއް މާ ބޮޑަށް ބަރުކޮށްފައި އޮތުމުން އެ ބޯޓް ހުއްޓުވައިފި އެވެ.

މެރިން ފުލުހުން ބުނީ ބޯޓް ހުއްޓުވީ ރޭ 10:00 އެހާކަށްހާ އިރު ކަމަށާއި ބޯޓް ހުއްޓުވުމަށް ފަހު މާލެ އަށް ވަނުމަށް އެންގި ކަމަށެވެ. މެރިން ފުލުހުން ބުނި ގޮތުގައި ބޯޓް ހުއްޓުވި އިރު ބަރުމަރުކާ ފެންނަން އިން ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން އެކަން މިހާރު އެކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް މާ ބޮޑަށް މުދާ ބަރުކޮށްގެން ދަތުރުކުރާ މިފަދަ އުޅަނދުތައް މެރިން ފުލުހުން އަންނަނީ ހުއްޓުވައި، ގަވާއިދުތަކާ އެއްގޮތަށް ދަތުރުކުރަން ބާރު އަޅަމުންނެވެ. މެރިން ފުލުހުން ބުނީ ދިމާވާމެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކަނޑުދަތުރުކުރާ އުޅަނދުތަކުން ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ.

މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އައްޑޫ "ސައުތު ލައިން" ބޯޓް ވެސް މާ ބޮޑަށް ބަރުކޮށްގެން ދަތުރު ކުރަނިކޮށް ހުއްޓުވާފައިވ އެވެ.