Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ހޮނިހިރު ދުވަހު ފޭސް ދޭކުން ކަރަންޓު ކެނޑިދާނެ

ކަރަންޓުގެ މަސައްކަތެއް ކުރުމަށް ހޮނިހިރު ދުވަހު ހުޅުމާލޭގެ ފޭސް2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، މިކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް 24 ޖޫން ވާ ހޮނިހުރު ދުވަހު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެ ދުވަހު ހިޔާ ޓަވަރު 1 އިން 8 އަށް ހެނދުނު 10:00 އިން 12:00 އަށް އަދި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.