ކާމިޔާބީ އަކީ ކުއްލިއަކަށް ލިބޭ އެއްޗެއް ނޫން ކަމަށާއި އެއީ ބުރަ މަސައްކަތްތަކުން ހާސިލުވާ އެއްޗެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކީ ކޯލިޝަން އާކުރި އަދާލަތު ޕާޓީގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބީ އަކީ ދެމެހެއްޓެނިވި ގޮތަކަށް ދިގު މުއްދަތަކަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
Kaamiyaabakee hama kulliakah libey ehcheh nooneve.
Kaamiyaabakee dhemehettenivi gothehgai dhigumuhdhathakah kureyvey bura masahkathuge natheejja eve.— Imran Abdulla (@ShimranAb) June 19, 2023
ރިޔާސީ އިންތިހާބަށް އަދާލަތުން ތައްޔާރުވުމަށް މިހާރު ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އިމްރާން ވިދާޅުވީ ކޯލިޝަން އޮތީ މިހާރު ކެމްޕޭން ރަސްމީކޮށް ފަށައިގަންނަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެފައި ކަމަށެވ. އެގޮތުން މެނިފެސްޓޯގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ އިރު، މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ރައީސް އިބްރާހޯމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް އިމްރާން ވިދާޅުވެފައިވެ އެވެ.
ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށްޓައި ކުރަން ކުރިމަތީގައި ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ވަރަށް ރޭވުންތެރިކަމާއި ހަރުދަނާކަމާ އެކީ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ބޮޑު އީދަށް ފަހު ރައީސް ރަސްމީކޮށް ކެމްޕޭން ލޯންޗްކުރައްވައި، އަތޮޅުތަކަށް ދަތުރުތައް ވެސް ފައްޓަވާނެ އެވެ.