Last Updated: June 28, 23:46
Sunday, June 28, 2026
ކުޅިވަރު

ހިޔައު ޖަމިއްޔާގެ "އީދު އުފާ"ގައި ބައިވެރިވެލައްވާ!

ހިޔައު ޖަމިއްޔާގެ ބައްދަލުވުމެއްގެ ތެރެއިން. މިއަހަރު އަޟްހާ އީދު ކުލަގަދަކޮށް ފާހަނގަ ކުރުމަށް ވަނީ ނިންމާފައި، ފޮޓޯ: މަރަދޫ ދާއިރާ

މަރަދޫ ހިޔައު ޖަމިއްޔާއިން އިސްނަގައިގެން މިއަހަރު އަޟްހާ އީދު ފާހަނގަ ކުރުމަށް ބާއްވާ "އީދު އުފާ 1435"ގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

ހިޔައު ޖަމިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަހަރުގެ އަޟްހާ އީދު މަރަދޫގައި ކުލަގަދަޮށް ފާހަނގަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތުގައި، މަސް ރޭހާއި، ވާދެމުން އަދި ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ޝައުގު ހުރި ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ނަން ނޯޓު ކުރަން ޖެހެއެވެ.

ނަން ނޯޓު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މަރަދޫ، މާފޮޅޭގޭގައި ހުންނަ "އީދު އުފާ 1435" އޮފީހުންނެވެ.

އަޝްހާ އީދު ދުވަސް މަރަދޫގައި ފާހަނގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އިދު ދުވަހު ހެނދުނު މަރަދޫ ޕާކްގައި ބާއްވާ އީދު ނަމާދުގެ "ބޮޑު" ޖަމާއަތުންނެވެ. އީދު ނަމާދު މަރަދޫ ޕާކްގައި ބޭއްވުމަށް ތައްޔާރު ވަމުން އަންނަ އިރު އެދުވަހު މަރަދޫގެ އިތުރު އެއްވެސް އެހެން މިސްކިތެއްގައި އީދު ނަމާދު ކުރުމެއް ނޯންނާނެއެވެ.

އޮފިޝަލް ވިދާޅުވީ، އީދު ނަމާދަށް ފަހު ހާއްސަ ހެނދުނުގެ ސައިފޮދާއި އެކު އުޟްހިޔާ ކަތިލުމުގެ ހަރަކާތް ޕާކް ސަރަހައްދުގައި ކުރިއަށް ގެންދާނެކަމަށެވެ.

މިއަހަރު އަޝްހާ އީދާއި ދިމާކޮށް، މަރަދޫ ހިޔައު ޖަމިއްޔާ އަދި އައްޑޫ ފްރެންޑްސް އިން ކުރިއަށްގެންދާ އީދު އުފާ ރާއްޖެ ޓީވީން ވަގުތުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އީދު އުފާ މަރަދޫގައި ފާހަނގަ ކުރާއިރު އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ވިމެންސް ކޮމެޓީ އަދި އައްޑޫ ފްރެންޑްސް ގުޅިގެން ހިތަދޫގައި ވެސް މިފަހަރު އީދު ކުޅިވަރު ބޭއްވުމަށް ވަނީ ނިންމާފައެވެ.