Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކެޓްރީނާގެ ސުޕަހީރޯ ފިލްމަށް ތައްޔާރު ވަނީ

ދެހާސް ނަވާރައިގެ ތެރޭގައި ވަރަށް ބޮޑަށް މީޑިއާތަކުގައި ވާހަކަ ދެކެވުނު ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ސުޕަހީރޯ ފިލްމުގެ ވާހަކަތަކެއް އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި "ސުޕަ ސޯލްޖާ" ގެ ނަމުގައި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހަދަން ނިންމާފައިވާ ފިލްމާ ގުޅޭ މަސައްކަތްތަކެއް މިހާރު އަންނަނީ އަނެއްކާ ވެސް ކުރެވެމުންނެވެ. އެގޮތުން މިހާރު އޭނަ ޑައިރެކްޓްކުރަމުން އަންނަ ޓައިގާ ޝްރޮފާއި އަކްޝޭ ކުމާރުގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ މަސައްކަތް ނިންމާލުމަށް ފަހު، ކެޓްރީނާގެ ފިލްމުގެ މަސައްކަތް ފަށާނެ އެވެ.

އެ ފިލްމު ރިލީޒްކރަން ހަމަޖެހިފައީ ވަނީ އަންނަ އަހަރު އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސުޕަ ސޯލްޖާ" އަކީ ނެޓްފްލިކްސްއާ ގުޅިގެން ދެ ބަޔަކަށް ހަދަން ނިންމާފައިވާ އެއްޗެކެވެ. އަދި ބަޖެޓަކީ 300 ކްރޯޑް ރުޕީސް (18.3 މިލިއަން ޑޮލަރު) އެވެ. މީގެ މަސައްކަތަށް ކުރިން ވަރަށް ބޮޑަށް ތައްޔާރުވެފައި ވަނިކޮށް މަޑުޖެހުނީ ކޮވިޑް ވަބާއާ ކުރިމަތިލާން ޖެހުނު ހިސާބުންނެވެ.

ކެޓްރީނާއާ އަކީ ސުޕަހީރޯ ފިލްމެއް ހަދަން ނިންމާފައި އިރު، ރީތި ބަތަލާ އަކީ އަލީގެ ވަރަށް ބޮޑު ފެވަރިޓެކެވެ. އޭނަގެ ތިން ފިލްމެއް ކެޓްރީނާ މިހާތަނަށް ކުޅެފައިވެ އެވެ. އެއީ 2019 ގެ "ބާރަތު" އާއި 2017 ގެ "ޓައިގާ ޒިންދާ ހޭ" ގެ އިތުރުން 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" އެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ނޮވެމްބަރުގައި ރިލީޒްކުރާ "ޓައިގާ 3" ގެ އިތުރުން އަދި ވަކި ތާރީހެއް ނުނިންމާ "މެރީ ކްރިސްމަސް" ހިމެނެ އެވެ.

އަލީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި މަހުގެ 9 ގައި ޖިއޯ ސިނަމާ އިން ޕްރީމިއާކުރި ޝާހިދު ކަޕޫރްގެ "ބްލަޑީ ޑެޑީ" އެވެ.