Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ޕާކިސްތާނާއި ޗައިނާ ނިއުކްލިއާ އެއްބަސްވުމަކަށް

ބިޔަ ނިއުކްލިއާ ޕްލާންޓެއް ހަދަން ޕާކިސްތާނާއި ޗައިނާއާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕާކިސްތާނުގެ އެޓޮމިކް އެނަޖީ ކޮމިޝަނާއި ޗައިނާގެ ނިއުކްލިއާ ކޯޕަރޭޝަނާ ދެމެދު ހެދި އެއްބަސްވުމުގެ އަގު 4.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އެގޮތުން ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާ ނިއުކްލިއާ ހަކަތަ އުފައްދާ ބިޔަ ޕްލާންޓަކީ 1،200 މެގަވޮޓްގެ ޕްލާންޓެކެވެ.

މިކަމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވިދާޅުވީ ޗައިނާއާ އެކީ 4.8 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރުމުން ދައްކުވައި ދެނީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމާއި އިތުބާރު ކަމަށެވެ.

އަލަށް 1،200 މެގަވޮޓްގެ ނިއުކްލިއާ ޕްލާންޓެއް ހަދަން ޕާކިސްތާނުން ނިންމި އިރު، މީގެ ދެ އަހަރު ކުރިން ހެދި 1،100 މެގަވޮޓް އަދި އެ ގައުމުގެ ހަ ވަނަ ނިއުކްލިއާ ޕްލާންޓާ އެކީ ޕާކިސްތާނުގައި ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ ވަނީ 1،400 މެގަވޮޓަށް އަރައިފަ އެވެ.