Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ޑްރަގް ވިއްކި މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ މަރަދޫގައި މަސްތުވާތަކެތި ވިއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު މަަރަދޫގައި މަސްތުވާތަކެތި ވިޔަފާރިކުރާ ކަމަށް އާއްމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ގަން ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކީ ހައްޔަރުކުރީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނަ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.