މާލެ ސަރަހައްދުން ގޮއްޗާއި ފްލެޓް ދޫކުރުމަށް އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރޭނެއިރެއްގެ އިންތިޒާރުގައި ގިނަބަޔަކު ތިބިއިރު ރޭ އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިކަން ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ހައުސިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީ ބައްދަލުވުމެއް މިނިސްޓްރީގައި ބޭއްވުނު ކަމަށެވެ.
ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީ ބައްދަލުވުމެއް މިރޭ މިނިސްޓްރީގައި ބޭއްވުނެވެ. pic.twitter.com/aHRIV2GMuU
— Min.of National Planning, Housing & Infrastructure (@MoNPHImv) June 20, 2023
މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
އެ މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިމަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށެވެ.