Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ރައީސް ސޯލިހް މަޖިލީހަށް ހާޒިރުކޮށް ދޭން އެދިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އޭދަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާއިރު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ މީހުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ ބާރު ޤާނޫނުއަސާސީއިން ދީފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

"ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން އަދި މަޖިލީހުގެ ޤަވާއިދުގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ." ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

ރައީސް ސޯލިހަށް އަމާޒުކޮށް ދިވެހި ރައްޔިތުން ގިނަ ސުވާލުތަކެއް ކުރަމުންދާކަން ފާހަގަކޮށް ސިޓީގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުނުހާ އަވަހަކަށް ރައީސް ސޯލިހް މަޖިލީހަށް ހާޒިރުކޮށްދިނުމަށެވެ.

މި ސިޓީއާއެކު ރައީސް ސޯލިހްއާ ކުރަންބޭނުންވާ ސުވާލުތައްވެސް ފޮނުވާފައިވާއިރު ޖުމުލަ 10 ސުވާލެއް ހިމެނެއެވެ.

އޭގެތެރެއިން 6 ސުލާލެއް ބިނާކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުގެ މައްސަލައާ ގުޅޭގޮތުންނެވެ. އަދި އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓްގެ އެއްބަސްވުން ސިއްރުކުރި މައްސަލައާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރައީސް ސޯލިހް ފައިސާ ނެންގެވިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވި މައްސަލައިގައިވެސް ސުވާލު ކޮށްފައިވެއެވެ. މީގެއިތުރުން ކޮމަންޑޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށްބުނެވެސް ސުވާލު އަމާޒު ކޮށްފައިވެއެވެ.

ރައީސް ސޯލިހާ އިދިކޮޅުން ކުރަން ބޭނުންވާ ސުވާލުތައް-