ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވެރިކަންކުރާ އެމްޑީޕީން ވަކިވެއްޖެއެވެ.
މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވިކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ރައީސް ކަމުން އަދި އެމްޑީޕީން ވަކިވިކަން ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވުމާއެކުއެވެ.
މެންބަރު އަހުމަދު ރަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދުން ފެށިގެން އެމްޑީޕީން ވަކިވާކަމަށެވެ. އެހެންނަމަވެސް ވަކިވާ ސަބަބެއް ސިޓީގައި ހާމަކުރައްވާފައެއްނުވެއެވެ.
Miadhu MDP in alhugandu vakivejje in pic.twitter.com/kDcIZN6t4D
— Ahmed Rasheed (@AraairuRasheed) June 21, 2023
ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އަންނަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިޕާޓީ ހެދުމަށް އެމްޑީޕީގައި ކުރިން އުޅުއްވި 13 މަޖިލިސް މެންބަރަކު އަންނަނީ ހަރަކާތްތެރިވަމުންނެވެ.