Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

މިއީ ހިތާމަވެރި ދުވަހެއް، ނަޝީދަށް ކާމިޔާބަށް އެދެން

ރައީސް ސޯލިހް، ނަޝީދު އަދި ފައްޔާޒު މަޝްވަރާ ކުރައްވަނީ - ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވުމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަށް ކާމިޔާބީއަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ މިކަމުގެ ސަބަބުން ހުރިހާ ފަރާތްތަކުންވެސް އިޚްތިޔާރުކުރާ މަގުން ކުރިއަށް ދާން މަގުފަހިވާނެ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށްބަލާ އެމްޑީޕީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީން ވަކިވާ ކަމަށެވެ.