އިލެކްޓްރިކް ވެހިކަލް (އީވީ) އުފެއްދުމުގައި ރަސްކަންކުރާ މަޝްހޫރު ކުންފުނި، ޓެސްލާގެ މަސައްކަތްތައް ވަރަށް އަވަހަށް އިންޑިއާގައި ފަށާނެކަމުގެ ޔަގީންކަން އެ ކުންފުނީގެ ވެރިިޔާ މަހުޖަނު އީލޮން މަސްކް ދެއްވައިފި އެވެ.
އޭނަ މިގޮތަށް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު އެމެރިކާ އަށް ކުރައްވާ ދަތުރުގެ ތެރެއިން މޯދީއާ ބައްދަލުކުރައްވައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގަ އެވެ.
Great conversation with @NarendraModi https://t.co/UYpRvNywHb
— Elon Musk (@elonmusk) June 21, 2023
ޓެސްލާ އިންޑިއާ އަށް ގެނައުމުގެ ވާހަކަ ދެކެވެމުން އަންނަނީ 2019 އިން ފެށިގެންނެވެ. އެ ގައުމަކީ މިހާރު އީވީ އަށް ވަރަށް ބޮޑު މާކެޓެއް އުފެދެމު އަންނަ އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގުތިސާދީ ގޮތުން ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމެކެވެ.
އެހެންވެ ޓެސްލާ އިން އިންޑިއާގައި އިންވެސްޓްކުރަން އެ ގައުމުގެ ސަރުކާރުން އޮތީ ހުޅުވާލެވިފައިވާ ދައުވަތެއް ފަހިކޮށް ދީފަ އެވެ.
މިކަމާ ގުޅިގެން އީލޮން ވިދާޅުވީ އިންޑިއާގައި އިންވެސްޓްކުރަން ޓެސްލާ އިން ރަނގަޅު ދަނޑިވަޅަކަށް ބަލަމުން އަންނަ ކަމަށާއި ޔަގީންކަން ދެއްވަނީ ޓެސްލާ އިންޑިއާ ދާނެކަން ކަމަށެވެ.