Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނި ރެޖިސްޓްރީކޮށްފި

އައްޑޫސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ: ސިޓީ ކައުންސިލް

ސިޓީ ކައުންސިލެއްގެ ދަށުން ރެޖިސްޓަރ ކުރި ފުރަތަމަ ލޯކަލް އޮޮތޯރިޓީ ކުންފުނި، އައްޑޫސިޓީ ކައުންސިލުން ރެޖިސްޓަރ ކޮށްފިއެވެ.

އައްޑޫސީޓީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނި ރެޖިސްޓަރކޮށް ނިމިފަިއިވާކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި އައްޑޫސިޓީ ކައުންސިލުގެ މިދައުރުގެ 105 ޖަލްސާގައިއެވެ. މި ޖަލްސާ ނިންމަވާލައްވަމުން މޭޔަރ އަލީ ނިޒާރު ވަނީ ކައުންސިލުން ރެޖިސްޓްރީ ކުރަން ހުށަހަޅާފައި އޮތް ލޯކަލް އޮތޯރިޓީ ކުންފުނީގެ ރެޖިސްޓްރީ އީއްޔެގެ ވަގުތެއްގައި ކައުންސިލަށް ލިބިފައިވާކަން ހާމަކޮށްފައެވެ.

" ކުންފުނީގެ ބޯޑު ބައްދަލުވުމެއް އަޅުގަނޑުމެން މިބަލީ މިއަންނަ މަހު؛ ޗުއްޓީވެސް ކުރިއަށް އޮތުމާއެކު] ކުރިއަށް އޮތް ހަފްތާގައި ބޭއްވޭތޯ މިބަލަނީ. އޭގެ ފަހުން ކުންފުނި ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ކައުންސިލަރުންނާއިވެސް މަޝްވަރާކޮށް، ކަމިޔާބު ކުންފުންޏެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމައިގެން މިތިބީ " ނިޒާރު ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުވެސް މިހާރުވަނީ އެކުލަވާލާފައެވެ. އެގޮތުން ކުންފުނިން ބޯޑުގައި 3 މެންމްބަރުން ތިބެއެވެ.

1. ހަސަން ރަޝީދު، ފްލާވަރގެ / ސ. މަރަދޫ (މެނޭޖިންގް ޑިރެކްޓަރ)
2. މުހައްމަދު އިމާން، ވައިޖެހޭގެ / ސ. މަރަދޫ
3. މުހައްމަދު ޝުޢާއު، ވައިލެޓްމާގެ / ސ. ހިތަދޫ (ސިޓީ ކައުންސިލް)

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ކައުންސިލުތަކަށް އަމިއްލަ ވިޔަފާރި ކުރުމަށާއި އެހެން ކަންކަން ކުރުމަށް ކުންފުނިތައް އުފެއްދުމުގެ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" 2021 ވަނަ އަހަރު އެޕްރީލް މަހު ރެޖިސްޓަރ ކޮށްދީފައެވެ.

އެ ގަވާއިދާއެކު ކުންފުނި ހަދައިގެން ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިވެގެން ގޮސްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ކައުންސިލަކުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރެޖިސްޓަރ ކޮށްފައިވަނީ އއ. ތޮއްޑޫ ކައުންސިލުންނެވެ. އެކުންފުނި ރެޖިސްޓަރ ކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހުކޮޅު އެވެ.