މަކިޓީ އުފެއްދުންތަކުން 40 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިލައްވާނެއެވެ.
މިމަހުގެ 21 ން ޖުލައި 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ. މީގެ އިތުރުން މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެ ޝޯރޫމުންވަނީ ޖޫން 2022 ން މެއި 2023 އަށް މި ޝޯރޫމުން އެންމެ ގިނައިން ތަކެތި ބައްލަވައިގެންފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް އަރުވާފައެވެ.
Highlights of Makita's 25th Anniversary and the 1st Anniversary of STO Makita Showroom! 📷 Experience the remarkable journey and achievements of Makita as we celebrate these milestones with gratitude and excitement. pic.twitter.com/8SNfc7mtsK
— STO Construction (@STOconstruction) June 21, 2023
އަދި ޖޫން 21 ވަނަ ދުވަހު މަކިޓާ ޝޯރޫމުން ވިޔަފާރިކުރައްވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ދަނީ ޚާއްސަ ހަދިޔާއެއް ދެމުންނެވެ.
މަކިޓާއަކީ އިމާރާތް ކުރުމުގެ ދައިރާގައި މަޤްބޫލު ބްރޭންޑެކެވެ. މި ބްރޭންޑުގެ ގިނަ އުފެއްދުންތައް އެސްޓީއޯގެ މަކިޓީ ޝޯރޫމުން ލިބޭއިރު، މިއީ ފެންވަރު ރަނގަޅު އަދި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ބްރޭންޑެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.