ސަރުކާރުން ފޯރުކޮށް ދެމުން އަންނަ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދަބެ މޮބައިލް އެޕަށް އާންމުން ރަޖިސްޓްރީވާން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އާސަންދަ ކުންފުނިން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އެޕްގައި ރަޖިސްޓްރީވުމުގެ ކަންކަން މިހާރު އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ލ. އަތޮޅުގައި މި މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އާސަންދަ މޮބައިލް އެޕްގައި މީހުން ރަޖިސްޓަރކޮށްދިނުމުގެ ޕްރޮގްރާމެއް @GRH_MV ގައި ކުރިއަށް އެބަދޭ. ޑޮކްޓަރަށް ދައްކަން ވަޑައިގެން ތިއްބަވާ ބަލިމީހުންނަށާއި އެހީތެރިންނަށްވެސް އެޕްގެ މަޢުލޫމާތު ވަނީ އިއްޔެއާއި މިއަދުވެސް ފޯރުކޮށްދެވިފަ. pic.twitter.com/NB4xCQnqBo
— Aasandha Company Ltd (@AasandhaLtd) June 21, 2023
އާސަންދަ އެޕް ގޫގުޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
މާދަމާވެސް އާސަންދަ އެޕްގެ މަޢުލޫމާތު ދިނުމާއި އެޕްގައި ރަޖިސްޓަރ ކޮށްދިނުން ދެ ދަންފަޅިއަކަށް ބަހާލައިގެން ހެނދުނާއި މެންދުރު ފަހު @GRH_MV ގައި ކުރިއަށްދާނެ.
އާސަންދަ މޮބައިލް އެޕްލިކޭޝަން އެޕްސްޓޯރުންނާއި ޕްލޭސްޓޯރުން ޑައުންލޯޑް ކުރެއްވޭނެ. pic.twitter.com/ppBTpThLst— Aasandha Company Ltd (@AasandhaLtd) June 21, 2023
އާސަންދަ އަކީ އެންމެ ގިނަ ދިވެހިން ބަރޯސާވާ ހެލްތު އިންޝުއަރެންސް ސްކީމެވެ. މި ސްކީމްގެ ދަށުން ހިދުމަތް ފަސޭހަ ކުރުމުގެ ގޮތުން އާސަންދަ ކުންފުނިން އަންނަި ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ރާއްޖެ އާއި ރާއްޖެ އިން ބޭރުން ފަރުވާ ހޯދަ އެވެ.