މީގެ ހަތަރު ކުރިން އެމެރިކާގައި މުސްލިމަކު މަރާލި އެ ގައުމުގެ ކުރީގެ ސިފައިންގެ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ރެފިއުޖީއެެއްގެ ގޮތުގައި އެމެރިކާ އަށް ހިޖުރަކޮށް ފަހުން އެމެރިކާގެ ރަށްވެހިކަން ވެސް ހޯދައި އެ ގައުމުގައި ދިރިއުޅެމުން އައި އަފްގާނިސްތާނަށް ނިސްބަތްވާ މުސްތަފާ އައްޔޫބީ، 32، މަރާލި މައްސަލައިގެ ކުށް ސާބިތުވެ، 55 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑަސްޓިން ޕެސަރިލީ ކިޔާ މީހަކަށެވެ.
އޭނަ ވަނީ އިންޑިއާޕޮލިސްގެ މަގެއްގެ މަތީގައި ދީނީ ގޮތުންނާއި ނަސްލީ ގޮތުން މުސްތަފާއާ ދިމާކޮށް، ހިންގި ހޫނު ޒުވާބަކަށް ފަހު އޭނަގެ ހަށިގަނޑަށް އަށް ތަނަކަށް ބަޑިއަކުން ހަމަލާ ދީ އޭނަ މަރާލައިފަ އެވެ.

ޑަސްޓިން އަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން މުސްތަފާގެ އާއިލާގެ ފަރާތުން ވާހަކަ އޭނަ ދައްތަ ޒަހުރާ އައްޔޫބީ ބުނީ މަރާލި އޭނަގެ ކޮއްކޮ އަށް މިހާރު އިންސާފު ލިބިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.