މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާތަސުގައި އިންނަވައިގެން މިއަދު މަޖިލީހުގެ ޖަލްސާ ބާއްވަނީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ހަމައެކަނި ނަމެއްގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއޖެ އެވެ.
ޖަލްސާއާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ޖަލްސާ އަކީ ޖަލްސާއެއް ބޭއްވީމޭ ބުނަން ކުރާ ކަމެއް ކަމަށެވެ.
"[މިއަދުގެ ޖަލްސާއިން] ހާސިލުވާނެ އެއްވެސް ކަމެއް ނެތް." ރޮޒޭ ވިދާޅުވި އެވެ.
Majleehuge jalsa eh beyvveemey bunan baavvaa jalsa eh mee miadhu. Haasilvaa evves kameh neiy. Committee thahves ekulavaalan furusatheh nudhin. Chuttee ah dhanee EC ah membareh vesnunaga. 5 memberun nethi riyaasy inthihaabakah gos massalathh nimmumuga ethah dhathithah dhimaavaane
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 22, 2023
އޭނަ ވިދާޅުވީ ކޮމިޓީތައް އެކުލަވާލަން ފުރުސަތު ނުދިން އިރު، މަޖިލިސް ޗުއްޓީ އަށް ދާން އުޅެނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް މެމްބަރު ވެސް ނުނަގައި ކަމަށެވެ.
"ފަސް މެމްބަރުން ނެތި ރިޔާސީ އިންތިހާބަކަށް ގޮސް މައްސަލަތައް ނިންމުމުގައި އެތައް ދަތިތަކެއް ދިމާވާނެ." ރޮޒޭ ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ މަޖިލީހަށް މިހާރު ހުށަހެޅިފައި ހުރި މައްސަލަތައް ނިމެންދެން ދައުރު ދަންމައިލަން ހުށަހަޅައިފަ އެވެ.