ޕޯޗްގަލްގެ ގައުމީ ޓީމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު 200 ވަނަ މެޗާ އެކީ އެކަން ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި އެވެ.
ރެކޯޑް ފޮތަށް އެކަން ރޮނާލްޑޯ އަކީ މިހާތަނަށް ގައުމީ ޓީމަށް 200 މެޗް ހަމަކުރި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އަދި އެކަމުުގެ ރެކޯޑްގެ ސެޓްފިކެޓް ވެސް ގިނިސް ވޯލްޑް ރެކޯޑުން ރަސްމީކޮށް ވަނީ ރޮނާލްޑޯއާ ހަވާލުކޮށްފަ އެވެ.
Congratulations @Cristiano 👏👏👏https://t.co/yZ0RqbRHTg https://t.co/jG02BAeb87
— Guinness World Records (@GWR) June 21, 2023
އޭނަ ޕޯޗްގަލްގެ ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗަކީ ޖަހައިދިން ލަނޑުން ޓީމު މޮޅު ވެސްކޮށްދިން މެޗެވެ. އެއީ އަންނަ އަހަރު ބާއްވާ ޔޫރޯ ކޮލިފައިން އަށް އަންގާރަ ދުވަހުގެ ރޭ އައިސްލޭންޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗްގައި ފެނިގެން ދިޔަ ހަމައެކަމި ގޯލަކީ ވެސް ރޮނާލްޑޯގެ ގޯލެވެ.
އެ މެޗަށް ފަހު ހުނަރުވެރި ކުޅުންތެރިޔާ ބުނީ ގައުމީ ޓީމަށް 200 މެޗް ކުޅެދެވުމަކީ އުފަލެއް ކަމަށާއި އެއަށް ވުރެ ބޮޑަށް އުފާވީ ޓީމު މޮޅުކޮށް ދެވެމުން ކަމަށެވެ.
ޕޯޗްގަލް އަށް ރޮނާލްޑޯ 200 މެޗް ހަމަކުރި އިރު، މިހާތަނަށް ގައުމީ ޓީމަކަށް އެންމެ ގިނަ މެޗް ކުޅުމުގެ ރެކޯޑް އެންމެ ފަހުން ވެސް އޮތީ ހަމަ އޭނައަށެވެ.
މި އަހަރުގެ މާޗާ ހަމައަށް އެ ރެކޯޑް ކުރިން އޮތީ ކުވައިތުގެ ބަދުރު އަލް މުތަވާގެ އަތުގަ އެވެ. އެއީ ކުވައިތުގެ ގައުމީ ޓީމަށް އޭނަ ކުޅުނު 185 މެޗާ އެކީގަ އެވެ.