Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

އިންޑިއާ ފިލްމެއްގެ ޕްރީމިއާ އައިފުލް ޓަވަރުގައި

އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު ފްރާންސްގެ ޕެރިހުގައި ހުުންނަ މަޝްހޫރު އައިފުލް ޓަވަރުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު އެތަނުގައި ވަރަށް ކުލަގަދަކޮށް ޕްރީމިއާކުރަން ފުރުސަތު ލިބިފައިވާތީ ފިލްމުގެ ޓީމުން މިހާރު އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން "ބަވާލް" ގެ ޓީމުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެ ފިލްމު އައިފުލް ޓަވަރުގައި ޕްރީމިއާކުރުން ވާނީ އިންޑިއާގެ ފިލްމަކަށް މުޅިން އަލަށް ލިބޭ ފުރުސަތަކަށެވެ. މީގެ ކުރިން އިންޑިއާގެ އެއްވެސް ފިލްމެއް އައިފުލް ޓަވަރުގައި ޕްރީމިއާކޮށްފައެއް ނުވެ އެވެ.

މި އަހަރުގެ އޮކްޓޯބަރު 6 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ "ބަވާލް" މިހާރު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. އެކަމަކު އަދި އޮތީ ތާރީހެއް އިއުލާން ނުކޮށެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ވަރޫން ދަވަނާއި ޖާންވީ ކަޕޫރެވެ.