Last Updated: April 29, 06:03
Monday, April 29, 2024
ވިޔަފާރި

ގޯދި ފިހާރައިން ޓީވީ ޕްރޮމޯޝަނެއް

މަރަދޫ "ގޯދި" ފިހާރައިން ސޮނީ އަދި ހައިސެންސް ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރީފްސައިޑްގެ އުފެއްދުން ވިއްކާ ގޯދި ފިހާރައިގެ ޕްރޮމޯޝަންގައި "ސޮނީ" އަދި "ހައިސެންސް" ބްރޭންޑްގެ 32 އިންޗިން ފެށިގެން 65 އިންޗީގެ އެންމެ ފަހުގެ ޓީވީ އަގު ހެޔޮކޮށް ވަނީ ވިއްކަން ފަށާފައެވެ.

"އަޅުގަނޑުމެން މި ވިއްކަނީ ސޮނީ އަދި ހައިސެންސް އޮރިޖިނަލް، ވޮރަންޓީއާއި އެކު. އާއްމުކޮށް ބޭނުން ކުރާ ސައިޒްގެ ޓީވީ އެބަހުރި"

ގޯދި ފިހާރައިން ރީފްސައިޑްއިން ވިއްކާ އެހެނިހެން ބްރޭންޑްގެ ތަކެތިވެސް ދަނީ ވިއްކަމުންނެވެ. އެގޮތުން ބްލޫ ސްޓާ ބްރޭޏްގެ އިންވާޓަރ އޭސީއާއި، ނިކޮން ކެމެރާގެ އިތުރުން، އަތުކުރީ ގަޑި ދަނީ ވިއްކަމުންނެވެ.

ގޯދި ފިހާރައިން ގޭގެއަށް ބޭނުންވާ އިލެކްޓްރޯނިކްސް ސާމާން އިސްލާމިކް ބޭންކް މެދުވެރިކޮށް ދަނީ ދޫކުރަމުންނެވެ.