Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ހޯމަ ދުވަހު ނަޝީދު މުރައިދޫގެއިން ނުކުންނާނެ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ ހޯމަ ދުވަހު ރައީސް މުހައްމަދު ނަޝީދު، ރައްޔިތުން މަޖިލީހުގެ ރައީސަށް ދައުލަތުން ހާއްސަކޮށްފައިވާ މ. މުރައިދޫ ގެއިން ނުކުންނަވާނެކަން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

މިކަން އަންގަވާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް ފޮނުވާފައިވާ ސިޓިއެއްގައެވެ.

މި ސިޓީގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ޖޫން 26 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ. އެހެންކަމުން މަޖިލިސް ރައީސް ހުންނަވާ ރަސްމީގެ މ. މުރައިދޫއިން ގ. ބޭރުވެލި އަށް ބަދަލުވެވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ.

އަދި މިކަމާ ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ ފަރާތްޕުޅުތަކަށްވެސް އަންގަވައިދެއްވުމަށް ވަނީ އެދިފައެވެ.

ރައީސް ނަޝީދު އެންމެފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހުވެސްވަނީ ނޯޓިސް ހަމަވާދުވަހު މުރައިދުގެއިން ނުކުންނަވާނެކަން ހާމަކުރައްވާފައެވެ.