މިއަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތައް ކެނެރީފް ރިސޯޓުގައި ކުލަގަދަކޮށް ފާހަގަ ކުރަން ކުރާނެ ކަމަށް އެ ރިސޯޓުން ހާމަކޮށްފިއެވެ.
އަޟްހާ ޢިދާއި ގުޅުވައިގެން ގިނަ 3 ދުވަހުގެ މުއްދަތައް ރިސޯޓުގައި ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އަދި މިމަހުގެ 15 އިން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހާއްސަ ޕްރޮމޯޝަނެއް އެ ރިސޯޓުން ވަނީ ކުރިއަށް ގެންދަން ނިންމާފައެވެ. މި ޕްރޮމޯޝަންގެ ތެރެއިން ހާއްސަ ޑިސްކައުންޓުތަކެއް ލިބިގެން ދާނެ ކަމަށް ކެނެރީފް ރިސޯޓުން ބުނެއެވެ.

މިއަހަރު ޢީދު ކުލަގަދަކޮށް ފާހަގަކުރާއިރު، މިމަހުގެ 28 އިން 30 އަށް ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި ބީޗް ވޮލީ މުބާރާތާއި، ރިސޯޓުގެ ރެސްޓޯރެންޓުތަކުން ޢީދަށް ހާއްސަ ކެއުންތައް އެކި ގަޑިތަކުގައި ލިބޭނެއެވެ. އަދި 28 އަދި 29 ވަނަ ދުވަހު ޑޯލްފިން ކްރޫޒެއް ކުރިއަށް ދާނެއެވެ. ފޯރިގަދަ ގިނަ ހަރާކާތްތަކެއް އޮންނާނީ 28 ވަނަ ދުވަހު ހަވީރުއެވެ.
އެގޮތުން އީދު ސަޔާއި، ކުލަ ޖެހުމާއި، ވާ ދެމުމުގެ މުބާރާތަކާއި، މާލި ޕެރޭޑް، މިއުޒިކަލް ޗެއާސް އަދި ބޮޑު މަސް ބޭނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން 29 ވަނަ ދުވަހު މަސް ދަތުރެއް އޮންނައިރު، އޭޝިއަން ބުފޭ ޑިނާއެއް އެ ރޭ ލައިވް މިިއުޒިކްއާއި އެކު ކުރިއަށް ދާނެ ކަމަށް ކެނެރީފް ރިސޯޓުން ބުނެއެވެ.
މިފަހަރު ޢީދު ކުލަގަދަކޮށް ކެނެރީފް ރިސޯޓުގައި ފާހަގަ ކުރަން ނިންމާފައިވާއިރު، މިގެއިން ގިނަ ހަރަކާތްތަކުގައި ރިސޯޓުގެ މުވައްޒަފުންނާއި އެކު ގެސްޓުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.