ރިޔާސީ އިންތިހާބަށް އޮފިޝަލުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން އިންތިހާބަށް އޮފިޝަލުން ހޯދަން ފުރަމަތަ އިއުލާންކޮށްފައިވަނީ މި މާރިޗު 13 ވަނަ ދުވަހުއެވެ. އެ އިއުލާނުގެ މުއްދަތުގެ މިއަދަށް ހަމަވިއިރު، އިންތިހާބަށް ބޭނުންވާ އޮފިޝަލުން އެއްކޮށް އަދި ހަމަ ނުވެއެވެ. މިއާއެކު މުއްދަތު އިތުރުކޮށް އެލެކްޝަންސް ކޮމިޝަނުން މިވަނީ އަލުން އިއުލާންކޮށްފައެވެ. އަދި މިހާރު އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ފުރުސަތު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް މިމުއްދަތައް ފަހުވެސް އޮފިޝަލުން ހަމަ ނުވާނަމަ ފޯމު ބަލައިގަންނާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.
އިންތިހާބުގެ އޮފިޝަލްކަން ކުރަން ބޭނުންވާ ފަރާތްތައް އޮންލައިންކޮށް، އީމެއިލް ނުވަތަ އިލެކްޝަންސް ކޮމިޝަނަށް ޒިޔާރަތްކޮށްވެސް ފޯމު ހުށަހެޅޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
Link: https://t.co/WyQMWLBL1W pic.twitter.com/tYir1d2ZJ3
— Elections Commission (@ElectionsMv) June 22, 2023
އީސީން ބުނެފައިވާ ގޮތުގައި އޮފިޝަލުންގެ ގޮތުގައި 5،600 މީހުން ނަގާނެ އެވެ. އޮފިޝަލުންގެ ތެރެއިން ރިޔާސީ އިންތިހާބު ބާއްވާ ދުވަހު ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 1،500ރ. ލިބޭނެ އެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1،200ރ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1،000ރ. އަދި ރިޒާވް އޮފިޝަލަކަށް 500ރ. ލިބޭނެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 800 ވޯޓުފޮށި ބަހައްޓާނެ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 އަށް 18 އަހަރު ފުރޭ 282،672 މީހުންނަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.