Last Updated: July 19, 18:01
Sunday, July 19, 2026
ދުނިޔެ

ޓައިޓޭނިކް ބަލަން ދިޔަ އެންމެން މަރުވެއްޖެ

މީގެ އެތައް އަހަރެއް ކުރިން އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް ޓައިޓޭނިކް ބަލަން ސަބްމެރިންއެއްގައި ދިޔަ ފަތުރުވެރިން މަރުވެއްޖެ އެވެ.

އޯޝަން ގޭޓް އެކްސްޕެޑިޝަން ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމުކޮށްގެން އެޓްލާންޓިކް ކަނޑުގެ 12،500 ފޫޓު އަޑީގައި އޮތް ޓައިޓޭނިކް ބެލުމަށް ދަތުރުކުރަމުން ދިޔަ ސަބްމެރިން އިން ފަސް މީހަކު ދަތުރުކޮށްފައިވެ އެވެ. އެ އެންމެން މަރުވެފައިވަނީ ސަބްމެރިން ގޮވުމާ ގުޅިގެންނެވެ. ސަބްމެރިން ގޮވަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

ސަމްބެރިންގެ ބައިތައް އިއްޔެ ފެނިފައިވާއިރު އެ އުޅަނދު ގެއްލިފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތުގައި އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އާދި ކެނެޑާގެ ޓީމުތަކުން ހަރަކާތްތެރިވެފައިވެ އެވެ.

އޯޝަން ގޭޓް ކުންފުނިން ވަނީ ފަސް މީހުންގެ ޖާގައިގެ އެ ސަބްމެރިން ދަތުރަށް 250،00 ޑޮލަރު ނަގާފަ އެވެ. އެ ބޯޓުގައި ތިބީ އިނގިރޭސި ބިލިއަނަރަކާއި، ޕާކިސްތާނަށް އުފަން އިނގިރޭސި މަހުޖަނަކާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރި އަދި ފްރާންސްގެ ކުރީގެ ނޭވީ ޑައިވަރެއްގެ އިތުރުން އޯޝަންގޭޓްގެ ސީއީއޯ އެވެ.

ޓައިޓޭނިކް ކަނޑުގެ އަޑިއަށް ފެތިފައި ވަނީ އޭޕްރިލް 15، 1912 ގަ އެވެ. އެ ހާދިސާގައި ބޯޓުގައި ދަތުރުކުރި 1،500 އެއްހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވި އެވެ.