ކައުންސިލްތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުން ތަމްރީނު ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނީ މިތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އަންނަ އޮގަސްޓް 8-10 އަށް ޒޫމް މެދުވެރިކޮށް ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށްނަށްވާން ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެއީ 1،000ރ. ފެ ފީއެއް ދައްކައިގެންނެވެ. ޕްރޮގްރާމުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 30 މީހަކަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ސީއެމްޑީއޭގެ ނަމްބަރުތައް ކަމަށްވާ 7923151 ނުވަތަ 3014119 އިން ހޯދޭނެ އެވެ.
ސީއެމްޑީއޭގެ މި ތަމްރީނު ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރފީ އާއި ސީއެމްޑީއޭގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީސް ގުޅިގެން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ލޯކަލް އޮތޯރިޓީ ކުންފުނިތައް ރަޖިސްޓްރީކޮށްފައިވާ ކައުންސިލްތަކުގެ ތެރޭގައި އއ. ތޮއްޑޫ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް ހިމެނެ އެވެ. ތޮއްޑޫ ކައުންސިލަކީ އެންމެ ފުރަތަމަ ކުންފުނި ރަޖިސްޓްރީކުރި ކައުންސިލެވެ.