Last Updated: June 28, 22:51
Sunday, June 28, 2026
ޚަބަރު

އަލިފާން ނުހިފާ ލުއި ގޭސް ފުޅި އައްޑޫއަށް ގެނެސްފި

އެސްޓިއޯއިން ދާދި ފަހުން ތައާރަފް ކުރި އަލިފާން ނުހިފާ ލުއި ގޭސް ފުޅި އައްޑޫއަށް ގެނެސްފިއެވެ.

10 ކިލޯގެ މި ފުޅި މާލެއަށް ތައާރަފްކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހައްސަ ރަސްމިއްޔާތެއްގައެވެ.

އެސްޓިއޯގެ ހިއްސާ އޮންނަ މޯލްޑިވް ގޭހުގެ ފަރާތުން ބުނީ މި ފުޅިއަކީ އާއްމު ގޮތެއްގައި ވިއްކާ ގޭސް ފުޅިތަކާ ހިލާފަށް ހޫނުވުމުން ފުޅީގައި އަލިފާން ހިފާ ފުޅިއެއް ނޫން ކަމަށެވެ.

މީގެ ފުޅިއެއް މާލޭގައި ވިއްކަމުން ދަނީ 1999ރ އަށެވެ. ނަމަވެސް އައްޑޫގައި މީގެ ގޭސް ފުޅިއެއް ވިއްކާ އަގު ހާމަކޮށްފައި ނުވެއެވެ.

މޯލްޑިވް ގޭސް އިން ބުނީ ފުޅި ގަތުމަށްފަހު ދެން ހަމައެކަނި ދާނެ ހަރަދަކީ ގޭސް އަޅަން ދާނެ ހަރަދު އެކަނި ކަމަށެވެ.€