Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކެޓްރީނާ ކައިވެންޏާ މެދު އުފަލަކުން ނޫން!

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ވިކީ ކޯޝަލާއި ކެޓްރީނާ ކައިފް ކައިވެނީގެ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

މިފަދަ ވާހަކަތަކެއް ދެކެވެން ފެށީ އިރު، އެ ދެ ތަރިން މިދިޔަ ހަފުތާގައި ވަނީ ޗުއްޓީއަކަށް ގޮސްފަ އެވެ.

ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ މައްސަލަ ޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި "ހޫނުކޮށް" މި ވާހަކަ ދެކެވެން ފެށީ އުމައިރު ސަންދޫ ކިޔާ މީހަކު އިއްޔެ ކުރި ޓްވީޓަކާ ގުޅިގެންނެވެ. ބްރޭކިން ނިއުސް ޖަހާފައި އަދި ވިކީއާ ގާތް ބަޔަކާ ހަވާލާދީ ކަމަށް ބުނެ އޭނަ ކުރި ޓްވީޓެއްގައި ބުނީ ކައިވެނީގެ ގުޅުމާ މެދު ކެޓްރީނާ މިހާރު ހުރީ އުފަލުން ނޫން ކަމަށެވެ. ސަބަބަކީ ވިކީ އަށް އިރެކްޓަލް ޑިފަންކްޝަން (އީޑީ) ކުރިމަތިވެފައިވާތީ ކަމަށް ބުނެފައިވެ އެވެ.

އީޑީ އަކީ ފިރިހެނުންގެ ޖިންސީ ގުނަވަނުގައި ބާރު ނުޖެހި، ޖިންސީ ގޮތުން ކުރިމަތިވާ ބަލިކަށިކަމެކެވެ.

އުމައިރުގެ ޓްވީޓްގައި ބުނީ ވިކީ އަށް ދިމާވެފައިވާމި މައްސަލައާ ހެދި ބޭސް ވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މީގެ ދެ ދުވަހެއް ކުރިން ވިކީ ވެނިޓީ ވޭންގެ ތެރޭގައި ކެޓްރީނާއާ ފޯނުން ކޯޅި، ފޯނު ވެސް ހަލާކުކޮށްލާފައުވާ ކަމަށް ބުނެފައިވެ އެވެ.

އުމައިރުގެ މި ޓްވީޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނަ އަށް ފާޑު ކިޔައި ރައްދުގައި ޓްވީޓްގައިކޮށްފައިވެ އެވެ. އެގޮތުން އެކަކު ކުރި ޓްވީޓެއްގައި ދެމަފިރިއެއްގެއެހާ ޒާތީ ކަމެއް އެހާ ޔަގީންކަމާ އެކު ބްރޭކިން ނިއުސްއޭ ކިޔާފައި އާންމުކުރަން އެނގުނީ އެ ދެ މީހުންގެ ދޭތެރޭ ކަލޭ ނިދީމަތޯ އަހާފައިވެ އެވެ.

ކެޓްރީނާ، 39، އާއި ވިކީ، 35، ކައިވެނިކުރީ 2021 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ކައިވެނީގެ މި ފަހުން މި ދެމަފިރިން ފާހަގަކުރެވިފައި ވަނީ ވަރަށް ލޯބިން އުޅޭ ޖޯޑެއްގެ ގޮތުގަ އެވެ. ވިކީއާ ކައިވެނިކުރި ފަހުން ކެޓްރީނާ ބަލިވެއިންކަމުގެ އަޑުތަކެއް ވެސް އެތައް ފަހަރެއްގެ މަތިން އަރާފައިވެ އެވެ.