Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ބަޓިކް އެއާ މިހާރު ޑައިރެކްޓްކޮށް ރާއްޖެ އަށް

މި މަހުގެ 12 ގައި ރާއްޖެ އަށް ދަތުރުތައް ފެށި މެލޭޝިއާގެ ބަޓިކް އެއާގެ ޑައިރެކްޓް ފްލައިޓްތައް މިއަދު ފަށައިފި އެވެ.

ކުރިން ވެލާނާ އިންނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެ އެއާލައިނުން ދަތުރުތައް ބާއްވަމުން އައީ ލަންކާ މަގުން ދަތުރުކުރެވޭ ގޮތަށެވެ. ނަމަވެސް މިއަދު ވަނީ ބަޓިކް އެއާގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށައިފަ އެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މީގެ ސަބަބުން ބަޓިކް އެއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާން ފަށާނެ ކަމަށެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކަށް ބަޓިކް އެއާ އިޖް ބޭނުން ކުރާނީ ބޮއިން 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.