އެމްޓީސީސީއާ ހަވާލުކޮށްގެން ދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި ހުވަދު އަތޮޅުގައި ފަށާތީ އެކަމަށް ބޭނުން ކުރާ ފެރީއެއް ޓެސްޓްކޮށްފި އެވެ.
އެމްޓީސީސީން މި ހިދުމަތަށް ބޭނުން ކުރާނީ އެކަމަށް ހާއްސަކޮށްގެން ބަނދެފައިވާ ހައި ސްޕީީޑް ފެރީތަކެވެ. އެގޮތުން ހުވަދު އަތޮޅުގެ ދެ ބުރި ފެރީ ހިދުމަތުން ގުޅައިލަން ހަ ފެރީ ބޭނުން ކުރާނެ އެވެ. އެމްޓީސީސީން ބުނީ އަލްޝާލީ މެރިންއާ ހަވާލުކޮށްގެން ބަންނަ ފެރީތަކުން މަސައްކަތްކޮށް އެއްކޮށް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި ޓެސްޓު ދަތުރުގެ ބޭނުމަކީ ބަނދެފައިވާ ފެރީގެ ފަންކްޝަންތަކާއި، ފެރީތަކުގެ ފަސޭހަކަން އިންސްޕެކްޓް ކުރުމަށް ކަމަށެވެ.
މިއީ 50 މީހުންގެ ޖާގައިގެ ފެރީތަކެވެ.
CEO @AdamAzim and team conducted a test ride on the new RTL Ferry built by @asmarine_mv. The purpose of this test ride was to inspect & experience the functionality & comfort of the new RTL Ferry model.#RTLFerry #ConnectingRaajje #RayyithungeKunfuni pic.twitter.com/r0DEM6Ivaz
— MTCC Plc (@MTCCPlc) June 22, 2023
ދަތުރުތައް ފެށުމަށް ތައްޔާރީތައް ވަމުން އަންނާތީ އާރްޓީއެލް ފެރީގެ ހިދުމަތަށް އާންމުން ހޭލުންތެރި ކުރުވުމާއި ހިދުމަތް ރޭވުމާ ގުޅޭ ގޮތުން އާންމުންނާއި ހުވަދު އަތޮޅުގެ ކައުންސލްތަކުގެ ހިޔާލާއި މަޝްވަރާ ހޯދަން އެމްޓީސީ އާއި ޕްލޭނިން މިނިސްޓްރީން ވެސް އަންނަނީ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
ހުވަދު އަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ފަހު، އައްޑުއާ ހަމައަށް ހިދުމަތް ގުޅާލަން ނިންމާފައިވެ އެެވެ.
އާރްޓީއެލްގެ ދަށުން ފެރީ ހިދުމަތުގެ އިތުރުން ބައެއް ސަރަހައްދުތަކުގައި އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ވެސް މިދިޔަ އަހަރުން ފެށިގެން ދެމުންނެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާފައިވެ އެވެ.