ހދ. ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނަށް ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އެ ސްކޫލުން ބުނީ މިއީ ރަށުގައި ޤުރުއާން ހިތުދަސްކުރަން ބޭނުންވާ ގިނަ ދަރިވަރުންތަކެއް ތިބުމާ އެކީ ސްކޫލުން ފެށި ޕްރޮފްރާމެއް ކަމަށާއި ފުރަތަމަ ޕްރޮގްރާމް މިހާރު 16 ދަރިވަރަކު ބައިވެރިވާ ކަމަށެވެ. ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނަށް ޤުރުއާން ހިތުދަސްކުރަން ފެށި ޕްރޮގާމް ހާއްސަކޮށްފައި ވަނީ 8 އަހަރުން މަތީގެ ދަރިވަރުންނަށެވެ.
އެ ސްކޫލުން ބުނި ގޮތުގައި މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ނެއްލައިދޫގައި މިހާރު ޤުރުއާން ހިތުދަސް ހާފިޒުންތަކެއް ނެތުމުން، އެފަދަ ޖީލެއް ބިނާކޮށް، ޤުރުއާނަށް ލޯބިކުރާ ޖީލެއް އުފެއްދުމަށް މަސައްކަތްކުރުމެވެ.
އެގޮތުން އެއް އަހަރުން އަނެއް އަހަރަށް މި ޕްރޮގްރާމް ފުޅާކުރަމުން ގެންދާނެ ކަމަށް ނެއްލައިދޫ ސްކޫލުން ބުނެ އެވެ.