Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

އައިޖީއެމްއެޗް ކައިރީ ހުރި އޭޓީއެމް އަކަށް ގެއްލުންދީފި

އޭޓީއެމްއަކަށް ގެއްލުން ދިނުމުން ފުލުހުން ހަރަކާތްތެރިވަނީ-

އައިޖީއެމްއެޗް ކައިރީ ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ތަކުން އޭޓީއެމްއަކަށް ރޭ ގެއްލުންދީފިއެވެ.

އައިޖީއެމްއެޗް ކައިރީ ހުންނަ ބީއެމްއެލްގެ 3 އޭޓީއެމްތަކުގެ ތެރެއިން އޭޓީއެމްއަކަށް ގެއްލުން ދީފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އެހެންވުމުން ފުލުހުން ވަނީ ރޭ ފަތިހު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.