Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ފުރާ މީހުން 3 ގަޑިއިރު ކުރިން ދާން އެދިއްޖެ

ބޮޑު ޗުއްޓީއާ އެކީ ވައިގެ މަގުން ދަތުރުކުރާ މީހުން އިތުރުވުމާ ގުޅިގެން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެ އެއާޕޯޓަށް ދާން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ފުރާ މީހުންނާ އެކީ އެއާޕޯޓަށް ބާރު ބޮޑުވާތީ ރާއްޖެ އިން ބޭރަށް ފުރާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އިލްތިމާސްކުރާ ކަމަށެވެ. އަދި ހުރިހާ ފަސިންޖަރުން ވެސް "އިމުގާ" ޓްރެވަލް ޑިކްލަރޭޝަން ކުރީ ބަައިގައި ފުރިހަމަކުރުމަށާއި އޮޕަރޭޝަން ފަސޭހަކުރުމަށް ފަސިންޖަރުންގެ އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.

ބަންދާ ގުޅިގެން މާލެ އިން އަތޮޅު ތެރެއަށް ކުރާ ދަތުރުތައް ވެސް ވަރަށް ބޮޑަށް އިތުރުވެ، ގައުމީ އެއާލައިން މޯލްޑިވިނުން ފްލައިޓްތައް އިިތުރު ވެސްކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ މި ޗުއްޓީ ތެރޭގައި ދުވާލަކު 2،500 އެއްހާ ފަސިންޖަރުން އެތެރޭގެ ދަތުރުތައް ކުރާނެ ކަމަށެވެ.