އެމެރިކާގެ މަޝްހޫރު ކުންފުނި، އެމެޒޯނުން އިންޑިއާގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތަޖުގެ އަގު 2030 އާ ހަމައަށް އަންނަ އިރު 26 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަރުތުގެ ތެރެއިން އެމެޒޯންގެ ސީއީއޯ އެންޑީ ޖެސީ އޭނައާ ބައްދަކުރްވައި ވިދާޅުވީ އިންޑިއާ އެކީ އެމެޒޯންގެ ވަރަށް ބޮޑު މާކެޓެއް ކަމަށެވެ. މި ވާހަކަ އެންޑީ ޓްވީޓް ވެސް ކުރައްވާފައިވެ އެވެ.
Productive meeting with Prime Minister @NarendraModi. Discussed Amazon’s commitment to invest $26B in India by 2030; working together we will support startups, create jobs, enable exports, and empower individuals and small businesses to compete globally. pic.twitter.com/yEgy0TVqpK
— Andy Jassy (@ajassy) June 23, 2023
އެމެޒޯނުން ބުނި ގޮތުގައި އިންޑިއާގައި ތަފާތު ވިޔަފާރިތަކަށް ބޮޑު މާކެޓެއް އޮތުމާ އެކީ އެ ކުންފުނީގެ އިިންވެސްޓްމަންޓްތައް އިތުރުރުކޮށް، މާކެޓް ފުޅާކުރުމަކީ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކުގެ އިތުރުން އާންމު ފަރުދުންގެ އަމިއްލަ ކުދި ވިޔަފާރިތަކަށް މިހާރު ވެސް އެމެޒޯމުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
"އިންޑިއާއާގެ އިންވެސްޓްމަންޓްތައް ފުޅާކުރަން ސަރުކާރުގެ އެއްބާރުލުލުމާއި އެހީތެރިކަން އަބަދު ވެސް ވަރަށް ބޮޑަށް ލިބޭ." ޖެސީ ވިދާޅު އެވެ.
އޭނަ ވިދާޅުވި ގޮތުގައި އިންޑިއާ އަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ވަޒީފާގެ އެތައް ފުރުސަތެއް ވެސް އިންޑިއާގައި ފަހިވެގެން ދާނެ އެވެ. އެމެޒޯނުން މިހާތަނަށް އިންޑިއާގައި 11 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. އަދި ކުރިއަށް ހުރި އިންވެސްޓްމަންޓްތަކަށް ހޭދަކުރަން ނިންމާފައިވާ 15 ބިިލިއަން ޑޮލަރާ އެކީ 2030 އާ ހަމައަށް އަންނަ އިރު، އިންވެސްޓްމަންޓްތަކުގެ އަގު 26 ބިލިއަން ޑޮލަރަށް އަރާނެ އެވެ.