ރަޝިޔާ – ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ސަރުކާރަށް އެހީތެރިވެދޭ އަދި ހަނގުރާމަ ކޮށްދޭ ކުލީ ސިފައިންގެ ގްރޫޕެއް ކަމަށްވާ 'ވެގްނާ'އިން ރަޝިޔާގެ އަސްކަރިއްޔާގެ ވެރިންނާ ދެކޮޅަށް ބަގާވަތެއް ފަށައިފިއެވެ.
މިހާނަތަށް ވެގްނާ ގްރޫޕަކީ ރަޝިޔާގެ ރައީސް ވްލަދްމިއަރ ޕުޓިންއަށް ވަފާތެރި ގްރޫޕެކެވެ. އަދި ވެގްނާ ގްރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިންއާ ޕުޓިންއަކީ ވަރަށް އަރިސްކޮށް އުޅުއްވި ދެބޭފުޅުންނެވެ.
ވެގްނާއިން ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހިންގަމުންދާ ކަންކަމުގެ ތެރެއިން ރަޝިޔާގެ ސިޓީއަކަށް ވަދެ ވަނީ އަސްކަރިއްޔާގެ އިމާރާތެއް އެމީހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައެވެ.
⚡️RIA filming Wagner on the streets of Rostov pic.twitter.com/3wpJk0Iiqx
— War Monitor (@WarMonitors) June 24, 2023
އެ ސިޓީ ވެގްނާ ގްރޫޕުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު ޕުޓިން ވަނީ ވެގްނާ ގްރޫޕުގެ އަމަލަކީ 'ބުރަކަށްޓަށް ވަޅި ހެރުން' ގޮތުގައި ސިފަކޮށްފައެވެ.
މީގެއިތުރުން ޕުޓިން ވަނީ ވެގްނާގެ އަމަލުތަކަކީ ގައްދާރުވުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އަސްކަރިއްޔާއާ ދެކޮޅަށް ހަތިޔާރު އުފުލާ މީހުންނަށް އަަދަބު ދޭނެކަމަށްވެސް ޕުޓިން ބުނެފައިވެއެވެ.

ޔޫކްރައިންގެ ސަރަހައްދުތަކުގެ ތެރޭގައި ރަޝިޔާއަށް ހަނގުރާމަކޮށްދެމުން ދިޔަ ވެގްނާ ގްރޫޕުން ރަޝީޔާގެ އަސްކަރިއްޔާގެ ވެރިންނާ ދެކޮޅަށް ބަގާވާތެއް ފަށާފައިމިވަނީ އަސްކަރިއްޔާއިން ވެގްނާ ގްރޫޕަށް އެހީތެރިކަން ނުލިބޭކަމުގެ ތުހުމަތުތަކެއް ކުރެވުމަށްފަހުއެވެ. އެގޮތުން ރަޝިޔާ އަސްކަރިއްޔާއިން ވެގްނާ ގްރޫޕަށް ބޭނުންވާ ހަތިޔާރާއި ވަޒަން ފޯރުކޮށްނުދޭތީ އެކަމުގެ ކަންބޮޑުވުން އަދި ނުރުހުން ވެގްނާ ގްރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިން ވަނީ މީގެކުރިން ފާޅުކޮށްފައެވެ. އަދި ވެގްނާގެ ހަނގުރާމަވެރިންތަކަކަށް ރަޝީޔާގެ އަސްކަރިއްޔާއިން ހަމަލާދިން ކަމަށްވެސް ޕްރިގޯޝިން ތުހުމަތު ކޮށްފައިވެއެވެ.