ހުޅުދޫ އަދި މީދޫގެ މަގު ބައްތި ބެލެހެއްޓުން ބަޔަކާއި ހަވާލްކޮށްފިއެވެ.
ހުޅުދޫގެ މަގު ބައްތި ބެލެހެއްޓުން އެސްއެން އާރު ކުންފުންޏާއި ހަވާލު ކުރި އިރު މިދޫ މަގު ބައްތި ބެލެހެއްޓުން ހަވާލު ކުރީ އަލީ ނޫރައްދީން އިންވެސްޓްމެންޓާއިއެވެ.
ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވީ ހުޅުދޫ އަދި މީދޫގެ މަގު ބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ހަވާލުކުރި ދެ ކުންފުނިން މަގު ބައްތި ބަރާބަރަށް ބަލަހައްޓާނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށެވެ.
އެގޮތުން އެސްއެންއާރް ކުންފުނިން ހުޅުދޫގެ ބަގުމަތީގެ ނެޓްވޯކް 45 ދުވަހުގެ ތެރޭގައި މުޅިން ރަނގަޅުކުރުމަށް އެއްބަސްވެފައިވެއެވެ.

ހުޅުމީދޫގެ މަގު ބައްތި ބަރާބަރަށް ނުބެލެހެއްޓޭ މައްސަލާގައި ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.