Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މަދީނާގައި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކޮށްފި

ފޮޓޯ: ރައީސް އޮފީސް

މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ނައިބުރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ނައިބުރައީސް ފައިސަލް މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައި މިވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކިޔެވުމާ ގުޅުންހުރި ކަންކަމާ މަޝްވަރާ ކޮށްފައިވާކަމަށް ރައީސް އޮފީހުން މައުލުމާތުދެއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބުރައީސްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބައިވެރިވެވަޑައިގަތެވެ.

މިއަހަރު ރާއްޖޭގެ ހައްޖުވެރިންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި އަމީރުލްހައްޖުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ނައިބުރައީސްއެވެ.