އައިޖީއެމްއެޗް ކައިރީގައި ހުރި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އަށް ގެއްލުންވި ނަމަވެސް އެއްވެސް ފައިސާއެއް ނުގެއްލޭ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އައިޖީއެމްއެޗް ކައިރީ ހުންނަ ބީއެމްއެލްގެ 3 އޭޓީއެމްތަކުގެ ތެރެއިން އޭޓީއެމްއަކަށް ގެއްލުން ދީފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށް ކުޑަކޮށް ކަމަށާއި އަދި މިއީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމްއަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
މި ހާދިސާގައި، އޭޓީއެމްއަށް ގެއްލުންވެފައިވީ ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ނަގާފައި ނުވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.