Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ތުރުކީ ކުންފުނިން ހައުސިން ޕްރޮޖެކްޓް ފަށަނީ

ތުރުކީގެ ކުންފުންޏަކާ ގުޅިގެން އަައްޑޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހައުސިން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަންނަ ހަފުތާހެ ތެރޭގައި ފަށާނެ ކަމަށް ކައުންސިލުން ބުނެފި އެވެެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ތުރުކީގެ ވިޒިއޮން ވިލާއިންނެވެ. އެގޮތުން އެ ކުންފުންޏާއި ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކިުރީ ޖެނުއަރީ 13، 2022 ގަ އެވެ. އޭރު ކައުންސިލުން ބުނި ގޮތުގައި މަޝްރޫއުގެ އަމާޒަކީ 1،000-2،000 ދެމެދު ހައުސިން ޔުނިޓްތަކެއް އައްޑޫގައި އެޅުން ކަމަށެވެ.

މިއީ ރާވައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރީ ފެބްރިކް ގެތަކެވެ. އެކަމަށް ބޭނުންވާ ސާމާނު ވެސް މިހާރު ހިތަދު އަށް ގެނެސްފައިވާ އިރު، ކައުންސިލުން ބުނީ މިހާރު ތައްޔާރު ވަނީ އަންނަ ހަފުތާގެ ތެރޭގައި ގެތަކެއް ރާވަން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރާވަނީ ނަމޫނާ ގެތެކެވެ. މީގެ ތެރޭގައި ތިން މޮޑެލްއެއްގެ ގެތަކެއް ހިމެނޭ ކަމަށާއި އެ ގެތަކަކީ ތިން ކޮޓަރީގެ ގެތަކެވެ.

ކައުންސިލުން ބުނި ގޮތުގައި މިއިން ގެއެއްގެ އެވްރެޖް އަގަކަށް ވާނީ 600،000ރ. އެވެ.

ވިޒިއޮން ވިލާގެ މި ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ ގެ އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމުން އެ ބަޔަކު ދައްކާ ގޯއްޗެއްގައި، އެ ބަޔަކު އިހުތިޔާރުކުރާ މޮޑެލްއަކަށް ގެ ރާވައި ދިނުމެވެ.

ކައުންސިލުން ބުނީ މި އުސޫލުން ގެ އަޅަން ޝައުވެރިވާ ވަރަށް ގިނަ ބަޔަކު އެތިބިތި ކަމަށެވެ. އެގޮތުން ގޯތި ލިބި، އެކަމަކު މާލީ ތަނަވަސްކަން ހުރި ގޮތުން ގެ އެޅުމުގައި ދަތިކަން ހުރި ފަރާތްތަކަށް ލުއި ފަސޭހަކޮށް މި މަޝްރޫއުގެ ދަށުން ގެ އަޅައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ވިޒިއޮން ވިލާ އަކީ ހިތަދޫގެ ޓޫރިޒަމް ޒޯންގައި 220 އެނދުގެ ޓޫރިސްޓް ފެސިލިޓީއެއް ވެސް ހަދަން ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެކަމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ކައުންސިލާ ދެމެދު ސޮއިކުރީ ޑިސެމްބަރު 13، 2022 ގަ އެވެ.