Last Updated: July 11, 22:16
Saturday, July 11, 2026
ދުނިޔެ

ޔޫޓިއުބުން އޮންލައިން ގޭމިން ޓެސްޓް ކުރަނީ

ޔޫޓިއުބުން މިހާރު އޮންލައިންކޮށް ވީޑިއޯ ގޭމް ކުޅެވޭ ޕްރޮޑަކްޓެއް ޓެސްޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް އެ ހިންގާ ގޫގުލް އިން މިކަމާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު މީޑިއާތަކުން މި ވާހަކަ ރިޕޯޓްކުރީ އިއްޔެ މުވައްޒަފުންނަށް ގޫގުލް އިން ފޮނުވި މެއިލަކާ ހަވާލާދީ އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޔޫޓިއުބުން އިންޓާނަލްކޮށް ޓެސްޓްކުރަމުން އަންނަ ގޭމިން ޕްރޮކްޑަކްޓްގެ ނަމަކީ "ޕްލެޔަބްލްސް" އެވެ. އަދި އޭގައި ޓެސްޓްކުރަމުން އަންނަ ގޭމްތަކުގެ ތެރޭގައި "އާކޭޑް" އާއި "ސްޓާ ބައުންސް" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔޫޓިއުބުން ތައާރަފުކުރަން އުޅޭ މި ޕްރޮޑަކްޓާ ވެބް ބްރައުޒާ މެދުވެރިކޮށް ޔޫޓިއުބްގައި ސައިޓްގައި ކުޅުމުގެ އިތުރަށް އެންޑްރޮޑާއި އައިއޯއެސް ޑިވައިސްތައް މެދުވެރިިކޮށް ވެސް ކުޅެވޭނެ އެވެ.