ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމުކޮށްގެން ބޭއްވި "އިންޓަ ސްކޫލް ލަވަ މުބާރާތު" ގެ އެއް ވަނަ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހޯދައިފި އެވެ.
މިި މަހުގެ 16-20 އަށް ބޭއްވި މުބާރާތުގައި 32 ސްކޫލަކުން 266 ދަރިވަރަކު ވާދަކުރި އެވެ.
މުބާރާތުގެ ނަތީޖާ ރޭ އޮލިމްޕަހުގައި ފާޅުކުރި އިރު، ހުރިހާ އުމުރުފުރާތަކެއް އެއްކޮށްލައިގެން މުޅި މުބާރާތުގެ އެއް ވަނަ ސްކޫލަކަށް ހޮވުނީ ލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އެންމެ މޮޅު ސްކޫލަށް ރައީސް ދެއްވާ އިނާމާއި ޕީއެސްއެމުން ދިން ފައިސާގެ އިނާމާއި ޓްރޮފީ އާއި އެޑިޔުކޭޝަން މިނިސްޓްރީން ދިން އިނާމާއި ޓްރޮފީ ޙަވާލުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމެވެ.
އިންޓަރސްކޫލް ލަވަ މުބާރާތް 2023 ގެ ނަތީޖާ ފާޅުކުރުން. މި މުބާރާތުން ވަނަތައް ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށް ތަހުނިޔާ ކިޔަން! 🤩 pic.twitter.com/3vvKuBo3Bz
— Ministry of Education (@MoEdumv) June 24, 2023
ހަތް ފަނޑިޔާރަކު އިންސާފުކުރި މުބާރާތް ތިން ދާއިރާއަކުން ދަރިވަރުންގެ ހުށައެޅުންތައް އިންސާފުކުރި އެވެ. އެއީ ޔުންތެރިކަމާއި، މިއުޒިކީ އުފެއްދުންތެރިކަމާއި، ޅެންވެރިކަމުގެ ބައެވެ.
އެގޮތުން މި މުބާރާތުގައި ޅެންވެރިކަމުގެ ބައިން އެންމެ މޮޅު ޅެމަކަށް ހޮވުނީ ޢިމާދުއްދީން ސްކޫލްގެ ދަރިވަރު ޢުމަރު އާސިމް ޢަވަދް ބަދަވީގެ ޅެމެވެ. އަމިއްލަ ރާގުގެ ބައިން އެއްވަނަ އަށް ހޮވުނީ ޖަމާލުއްދީން ސްކޫލްގެ ޢައިޝަތު ޒަޔާ ޝަހީމް ހުށަހަޅައި ދިން ލަވަ އެވެ.
އިންޓަ ސްކޫލް ލަވަ މުބާރާތުގެ އުސްއަލިތައް:
* މުޅި މުބާރާތް:
1 ވަނަ: ޢާއިޝަތު ޖޫނީ ޖިނާހު/ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
2 ވަނަ: ޢާއިޝަތު ޒަޔާ ޝަހީމް/ މާލުއްދީން ސްކޫލް
3 ވަނަ: މަރިޔަމް ޚަލީސާ އަހުމަދު/ކަލާފާނު ސްކޫލް
* އެންމެ މޮޅު ސްކޫލް:
1 ވަނަ: ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
2 ވަނަ: ތިނަދޫ ސްކޫލް
3 ވަނަ: ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
* ފައުންޑޭޝަން ސްޓޭޖް:
1 ވަނަ: މަރިޔަމް އިވީ އާދަމް/މުޙައްމަދު ޤާސިމް ޕްރީސްކޫލް
2 ވަނަ: އީތަން އަޙްމަދު ޢާމިލު/ގދ. ތިނަދޫ އަބޫބަކުރު ސްކޫލް
3 ވަނަ: އިބާ މުޙައްމަދު އިބްރާހީމް/އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
* 9 އަހަރުން ދަށް:
1 ވަނަ: ޒާޔާ މުޙައްމަދު ޢުމަރު/ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
2 ވަނަ: އާމިނަތު ޔުމީ އިޔާސް/އިމާދުއްދީން ސްކޫލް
3 ވަނަ: އާމިނަތު އީމާ ޝަމާލް/ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
* 11 އަހަރުން ދަށް:
1 ވަނަ: ޢާއިޝަތު އަލައިނާ އަނާން ޝަރީފް/ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
2 ވަނަ: ލީމް އަންޖަލް ޢަލީ/ޣާޒީ ސްކޫލް
3 ވަނަ: ޝިޔާޛު ޙުސައިން އަޙްމަދު/ރެހެންދި ސްކޫލް
* 13 އަހަރުން ދަށް:
1 ވަނަ: ޒީކް އިބްރާހީމް ލުޠުފީ/ގދ. ތިނަދޫ އަބޫބަކުރު ސްކޫލް
2 ވަނަ: ފާޠިމަތު ޢިޒްވާ ޝަފީޤް/ކަލާފާނު ސްކޫލް
3 ވަނަ: ކައިނާ އަޙްމަދު ނާސިމް/ކަލާފާނު ސްކޫލް
* 16 އަހަރުން ދަށް:
1 ވަނަ: ފާޠިމަތު ޢަލީޝާ ޝިޔާމް/ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
2 ވަނަ: ޢާއިޝަތު އައިލީން ނަދީމް/އިސްކަންދަރު ސްކޫލް
3 ވަނަ: ޢާއިޝަތު މަލީޝާ ބުންޔާމީން/ކަލާފާނު ސްކޫލް
* 19 އަހަރުން ދަށް:
1 ވަނަ: ޢާއިޝަތު ޖޫނީ ޖިނާހު/ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
2 ވަނަ: ޢާއިޝަތު ޒަޔާ ޝަހީމް/ޖަމާލުއްދީން ސްކޫލް
3 ވަނަ: މަރިޔަމް ޚަލީސާ އަޙްމަދު/ކަލާފާނު ސްކޫލް
* ޖޫނިއަ ގްރޫޕް: (ފައުންޑޭޝަން ސްޓޭޖުން ފެށިގެން 11 އަހަރުން ދަށުގެ އުމުރުފުރާ)
1 ވަނަ: ޢާއިޝަތު އަލައިނާ އަނާން ޝަރީފް/ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
2 ވަނަ: ލީމް އަންޖަލް ޢަލީ/ ޣާޒީ ސްކޫލް
3 ވަނަ : ޝިޔާޛު ޙުސައިން އަޙްމަދު/ރެހެންދި ސްކޫލް
* ސީނިއާ ގްރޫޕް: (13-19 އަހަރުން ދަށުގެ އުމުރުފުރާ)
1 ވަނަ: އައިޝަތު ޖޫނީ ޖިނާހު/ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
2 ވަނަ: ޢާއިޝަތު ޒަޔާ ޝަހީމް/ޖަމާލުއްދީން ސްކޫލް
3 ވަނަ: މަރިޔަމް ޚަލީސާ އަޙްމަދު/ކަލާފާނު ސްކޫލް
"އިންޓަ ސްކޫލް ލަވަ މުބާރާތް" މި އަހަރި ބޭއްވީ 8 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 2005 ގަ އެވެ. މި މުބާރާތަކީ ޓީވީއެމުން 1988 ގައި ތައާރަފުކުރި މުބާރާތެކެވެ.
މި ފަހަރު މުބާރާތް ކުރިއަށް ގެންދިޔައީ ޕީއެސްއެމާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އާޓްސް މިނިސްޓްރީގެ އިތުރުން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެންނެވެ.