Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ނީނާ" ގެ އާ ޕޯސްޓަރެއް ދައްކާލައިފި

އަންނަ އޮގަސްޓް މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ނީނާ" ގެ އާ ޕޯސްޓަރެއް އާންމުކޮށްފި އެވެ.

މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މިއީ އޭނަ 2019 ގައި ގެނެސްދިން "ބަވަތި" އަށް ފަހު ބެލުންތެރިންނަށް ދޫކޮށްލާ ދެވަނަ ފީޗާ ފިލްމެވެ. "ނީނާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގު، ނަތާޝާ ޖަލީލު އަދި މަރިޔަމް ރަޝީދާ ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނީނާ" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 6 ގަ އެވެ.