"އޮންލައިން ނާސިގެ" ނަމުގައި ބަދުއަހުލާގީ ފާހިޝް އަމަލު ހިންގަން ހާއްސަ ދިވެހި ޕޭޖެއް ފޭސްބުކްގައި ޕްރޮމޯޓްކުރަން ފަށައިފި އެވެ.
މި ޕޭޖްގައި ބުނެފައިވާ ގޮތުގައި މިއީ އޮންލައިންކޮށް ދިވެހިންގެ ބަހަރަނާ މަންޒަރުތަކާއި އޮންލައިންކޮށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިކޮށްދޭ ހިދުމަތެކެވެ. އެގޮތުން ދިވެހި އަންހެނުންގެ ބަރަހަނާ މަންޒަރުތަކާއި އެފަދަ އަންހެނުންގެ ހުނަރު ވެބް ކެމް މެދުވެރިކޮށް ބަލާލައި، ޖިންސީ އެދުންވެރިކަން ފުއްދުމަށް ވެސް އެހީވެދޭނެ އެވެ. އެހެންވެ "އޮންލައިން ނާސިގެ" އާ ޖޮއިންވާން ދައުވަތު ދީފައިވެ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ ހަށިވިއްކުމާއި ޖިންސީ ނަހަމަ ގުޅުންތަކަށް ހިތްވަރުދޭ ކަންކަމާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން ދާދި ފަހުން މާލޭގައި ވިޔަފާރި އުސޫލުން "ގޭ ޕާޓީ" އަކަށް ވެސް އޮންލައިންކޮށް ދައުވަތު ހުޅުވާލި މައްސަލައެއް ފެންމަތިވި އެވެ.
މީގެ އިތުރުން ސެލޫންއެއްގެ ނަމުގައި ހިންގާ ތަނަކުން ބިދޭސީ އަންހެނުން ބޭނުންކޮށްގެން، ހަށިވިއްކުމުގެ ވިޔަފާރި ސޯޝަލް މީޑިއާގައި އިޝްތިހާރު ވެސް ކުރަމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.