މިދިޔަ ހަފުތާގައި ކައިވެނިކުރި ބޮލީވުޑްގެ އެކްޓަރު ކަރަން ޑިއޯލް ހަނީމޫނަށް މަނާލީ އަސް ހިނގައްޖެއްޖެ އެވެ.
އިންޑިއާގެ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގައި ގުދުރަތީ ރީތިކަމާއި ހިތްގައިމުކަން ލިބިފައިވާ އަދި ފެހިކަން ގަދަ ވާދީއެއް ފަދަ މަނާލީގައި އަންހެނުން ޑްރިޗާ އަޗާރިއާ އެކީ ކަރަން ހަނީމޫން ހޭދަކުރަމުން އަންނަ އިރު، މި ދަތުރުގެ ފޮޓޯތަކެއް އިންސްޓަގްރާމް ސްޓޯރީގައި މިއަދު ޕޯސްޓްކޮށްފައިވެ އެވެ.
މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ކައިވެނުކުރީ މި މަހުގެ 18 ގަ އެވެ. އޭނަގެ އަންހެނުން ޑްރިޝާ އަކީ ހިންދީ ސިމަނާގެ ކުރީގެ ކުޅަދާނަ ޑައިރެކްޓަރު ބިމާލް ރޯއިގެ މުނިކާފަ ދަރިއެކެވެ. ޑްރިޝާ އަކީ އާއިލާއާ އެކީ ދުބާއީގައި ދިރިއުޅެމުން އަންނަ ޓްރެވެލް އެޖެންސީއެއްގެ މެނޭޖަރެކެވެ.
ކަރަން ބޮލީވުޑަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އެ ފިލްމަކީ މަނާލީގައި ވެސް ގިނަ މަންޒަރުތަކެއް ޝޫޓްކުރި އެއްޗެކެވެ.